ވިނަރެސް ފްލެޓް އިމާރާތަކުން މިއަދު ވެއްޓި ނިޔާވި އުމުރުން 18 އަހަރުގެ ޝިއާން ޙަބީބުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިނަރެސް ފްލެޓް އިމާރާތަކުން ވެއްޓި ނިޔާވި ޝިއާން ޙަބީބުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާކަމަށެވެ.
ރައީސް ވަނީ މަރްޙޫމް ޝިއާން ޙަބީބު، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވުމަށް އެދި ދުޢާކުރައްވާފައެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
— Dr Mohamed Muizzu (@MMuizzu) July 17, 2025
ވިނަރެސް ފްލެޓް އިމާރާތަކުން ވެއްޓި މިއަދު ނިޔާވި އުމުރުން 18 އަހަރުގެ ޝިއާން ޙަބީބުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، ތަޢުޒިޔާ ދަންނަވަން.
މަރްޙޫމް ޝިއާން ޙަބީބު، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާ، ސުވަރުގޭގެ…
ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ 18 އަހަރުގެ އެޒުވާނާ ވެއްޓިގެން އެހޮސްޕިޓަލަށް ގެންދިޔައީ މިއަދު 16:30ހާއިރުކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާކަމަށެވެ.