އއ. މާޅޮހުގައި ޒަޙަމްތަކަކާއިއެކު ފެނުނު އުމުރުން ދުވަސްވީ މީހެއް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މާޅޮހުގައި ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަޙަމްތަކެއް ދިނުމުގެ ސަބަބުން އެ ރަށު ސިއްޙީ މަރުކަޒަށް ގެންދެވުނު ކަމަށެވެ. އަދި އެމީހާއަށް ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 1:50 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޒަޚަމްތަކަކާއެކު ފެނިފައިވަނީ އއ. މާޅޮސް އޯކިޑްމާގެ އުމުރުން 65 އަބްދުއްރަހްމާން އާދަމްކަމަށް ފުލުހުން ވިދާޅުވެއެވެ.
މިމައްސަލައިގެ މާބޮޑު ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް މައްސަލަ ތަހުޤީޤު ކުރަން ފަށާފައިވާއިރު، ފުލުހުންގެ ޚާއްސަ ޓީމެއް އެ ރަށަށް މިހާރު ދަތުރުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.