ޚަބަރު

މޫސުން ގޯސްވެ، ކ.އަތޮޅުން ލ.އަތޮޅަށް ރީނދޫ ސަމާލު


  • މިރޭ 11:30 އާ ހަމައަށް ރީނދޫ ސަމާލު ވަނީ ނެރެފައި

  • ގަޑިއަކު 45 މޭލަށް ވައިބާރުވާނެ ކަމަށް ލަފާ ކުރޭ

މޫސުން ގޯސްވުމުގެ ސަބަބުން ކ.އަތޮޅުން ލ.އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މި ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 11:30 އާ ހަމައަށެވެ. މި މުއްދަތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިބާރުވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.

ވިއްސާރަވެ ވައިބާރުވާތީ މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.

ކުރިއަށް އޮތް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ހުރިހާ ސަރަޙައްދުތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.