ދުނިޔޭގެ މަޝްހޫރު ވޯލްޑް ކަލިނަރީ އެވޯޑްސްގެ 3 އެވޯޑަކަށް ދިވެހިރާއްޖެ ނޮމިނޭޓް ވެއްޖެއެވެ.
ވޯލްޑް ކަލިނަރީ އެވޯޑްސް އަކީ ކަލިނަރީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދެމުންދާ އެވޯޑެކެވެ. މި އެވޯޑުގެ މައިގަނޑު ބޭނުމަކީ ގެސްޓްރޮނޮމީގެ ދާއިރާ ހޯދަމުންދާ ކާމިޔާބީތަކާއި އުފެއްދުންތެރިކަމާއި، ކުރިއެރުންތަކުގެ އަގު ވަޒަންކުރުމެވެ.
* ވޯލްޑްސް ބެސްޓް ޑެސްޓިނޭޝަން ފޯ ހެރިޓޭޖް ކުއިޒިން 2025
* އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ޑެސްޓިނޭޝަން 2025
* އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ސިޓީ ޑެސްޓިނޭޝަން 2025
މި އެވޯޑުތައް ކާމިޔާބުކުރާ ފަރާތްތައް އިޢުލާންކުރާނީ ޓްރެވަލް ޕްރޮފެޝަނަލުންނާއި، ސިނާއަތުގެ ތަޖުރިބާކާރުންނާއި، ފަތުރުވެރިންނެވެ.
މި އެވޯޑުތަކަށް ވޯޓު ދިނުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ދިފާއުކުރުމަށް މި އެވޯޑްތައް މުހިންމުކަމަށް އެމްއެމްޕީއާރުސީން ވަނީ ވިދާޅުވެފައެވެ. ވޯޓު ދިނުމަށްޓަކައި އެކަމަށް ޚާއްސަކޮށްފައިވާ ލިންކު ބޭނުންކުރެވޭނެއެވެ.
ވޯރލްޑް ކަލިނަރީ އެވޯރޑަކީ 1994 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ފަޚުރުވެރި ވޯރލްޑް ޓްރެވަލް އެވޯރޑްސް ސިލްސިލާގެ ބައެކެވެ. ވޯރލްޑް ކަލިނަރީ އެވޯރޑްސް ދޭން ފަށާފައިވަނީ 2020 އަހަރުން ފެށިގެންނެވެ. ވޯރލްޑް ކަލިނަރީ އެވޯރޑަކީ ކެއްކުމުގެ ދާއިރާގެ ކުރިއެރުންތަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯރޑެކެވެ.