ޚަބަރު

ވީއޭއެމް ކަޕް: ދަނޑިމަގު ބަލިކޮށް އެޗްޑީސީ ފައިނަލަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގެ ފައިނަލްގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އެޗްޑީސީން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ސެމީފައިނަލްގައި އެޗްޑީސީ ނިކުތީ ދަނޑިމަގު ސްޕޯޓްސް އެންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާ ދެކޮޅަށެވެ. މި މެޗު އެޗްޑީސީން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މިމެޗުގެ ފުރަތަމަ ސެޓު އެޗްޑީސީން ގެންދިޔައީ 28-26 ނެވެ. ދެވަނަ ސެޓު ދަނޑިމަގުން ގެންދިޔައީ 25-21 ންނެވެ. ތިންވަނަ ސެޓު 25-19 އިން އަދި ހަތަރުވަނަ ސެޓް 25-22 ހުން ކާމިޔާބުކުރީ އެޗްޑީސީންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ސަބަސްޓިއަން ގިރާލްޑޯ ގޮމޭޒްއެވެ.