ޚަބަރު

ވިލުފުށީ ފަޅު ތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ އަނދަނީ


  • އެމްއެންޑީއެފުންދަނީ އެހީތެރިކަން ފޯރުކޮށްދެމުން

  • ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 09:41 ހާއިރު

ތ. ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 09:41ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ވިލިފުށީ ކައުންސިލްގެ ރައީސް ހުސައިން ޖަބީން ވިދާޅުވީ މި ހާދިސާގައި އެކަކު ވަރަށް ބޮޑަށް ފިހިފައިވާކަމަށެވެ. އަދި އޭނާއަށް ވިލިފުށީ ހެލްތު ސެންޓަރގައި ފަރުވާދެމުންދާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލް ރައީސް ވިދާޅުވީ އެމްއެންޑީއެފްއާއި ކައުންސިލާއި ގުޅިގެން އަލިފާން ގަނޑު ނިންވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރޯވެފައިވާ ބޯއްޓު މިހާރު ވާ ޖަހައިގެން ފަޅުތެރެއިން ބޭރައް ނެރެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޖަބީން ވިދާޅުވީ މިއީ މި ފަދަ ހާދިސާއެއް ވިލިފުށީގައި ހިނގި ދެވަނަ ފަހަރުކަމަށެވެ.