ކުޅިވަރު

ވީއޭއެމް ކަޕް: ހުރާ ކޮމިއުނިޓީއަށް ފަސޭހަ މޮޅެއް


ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގައި ބުލޫސް ފޯ ވޮލީބޯލްގެ މައްޗަށް ހުރާ ކޮމިއުނިޓީ ކުލަބުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ހުރާއިން ކާމިޔާބުކުރީ މާ ބޮޑު އުނދަގުލެއް ނެތި ސީދާ ތިން ސެޓުންނެވެ. މި މެޗުގައި ހުރާ ޓީމުން މޮޅު ކުޅުމެއް ދެއްކިއިރު ބުލޫސް ޓީމަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ސެޓު އެންމެ ތަފާތު ބޮޑުކޮށް ފެނިގެންދިޔައިރު، މި ސެޓު ހުރާއިން ކާމިޔާބު ކުރީ 25-16 އިންނެވެ. އަދި ހުރާއިން ދެވަނަ ސެޓު 25-18 އިން ކާމިޔާބުކުރިއިރު، ފަހު ސެޓު ގެންދިޔައީ 25-19 އިންނެވެ.

މިއީ މި މުބާރާތުގައި ހުރާ ކޮމިއުނިޓީ ކުލަބުން ހޯދި ދެވަނަ މޮޅެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުރާ ޓީމުގެ ޕޮލަންޑް ކުޅުންތެރިއާ މިކޭލް އޮކިކްއެވެ.