ޚަބަރު

އުރުދުންއަށް ދިޔަ ޓެނިސް ޓީމު ރާއްޖެ އަތުވެއްޖެ


ބިލީ ޖީން ކިންގްކަޕްގައި ބައިވެރިވުމަށް އުރުދުންއަށް ދިޔަ ޓެނިސް ޓީމު ރާއްޖެ އަތުވެއްޖެއެވެ.

މިއަދު ހެނދުނު ކުޅުންތެރިން ރާއްޖެ އައިސްފައިވަނީ ދުބާއީ މަގުންނެވެ.

އިސްރާއީލާއި އީރާން އާއި ދެމެދު ހަނގުރާމަ ފެށުމުގެ ސަބަބުން ބިލީ ޖީން ކިންގްކަޕަށް އުރުދުންނަށް އަންނަން އުޅުނު ބައެއް ގައުމުތަކުގެ ޓީމުތަކަށް ނާދެވުމުން މުބާރާތް ވަނީ ކެންސަލްކޮށްފައެވެ.

ހަނގުރާމައާއި ގުޅިގެން އުރުދުންގެ ވައިގެ ސަރަހައްދު ބަންދުކުރުމާއި ގުޅިގެން ދަތުރުފަތުރްށް ބުރޫ އަރާ ގިނަ ފްލައިޓް ދަތުރުތައް ކެންސަލް ކުރުމާއި ގުޅިގެން ގިނަ ޓީމުތަކަށް އުރުދުން އާއި ހަަމައަކަށް ނުދެވުނެވެ.

އަދި ފްލައިޓްތަކުގެ އޮޕަރޭޝަނަށް ބުރޫއެރުމުގެ ސަބަބުން ރާއްޖޭގެ ޓީމަށް އެނބުރި މާލެ އައުމަށްވެސް ލަސްތަކެއް ކުރިމަތިވިއެވެ.

އެހެންނަމަވެސް ބިލީ ޖީން ކިންގްކަޕަށް ދިޔަ ރާއްޖޭގެ ޖޫނިއާ ޓެނިސް ޓީމު ތިބި ހޮޓަލުގައި އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށާއި ކުޅުންތެރިން ތިބީ ވަރަށް ހަމަޖެހިގެންނެވެ. އަދި އުރުދުންގެ ގައުމީ ޓީމާއެކު ފަރިތަކުރުންތައް ބޭއްވިއެވެ.

މި ދަތުރަކީ ކޮންމެވެސް ވަރަކަށް ތަޖްރިބާ ލިބުނު ދަތުރަކަށްވާއިރު ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ބެލެނިވެރިންވެސް ހިމެނޭ ގޮތަށް ހުރިހާ އެންމެންގެ ހާލުވެސް ޓެނިސް އެސޯސިއޭޝަނުން ބަރާބަރަށް ބަލަމުން ގެންދިޔައެވެ.

އަދި އެއް ފްލައިޓަކުން އެންމެންނަށް ރާއްޖެއަށް އާދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންނެވެ.