ޚަބަރު

އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ކުޅުދުއްފުށީގައި ކުރިއަށްދަނީ


އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ހދ. ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.

ޖޫން 21 - 26 އަށް ކުޅުދުއްފުށި ސްޓޭޑިއަމްގައި ބާއްވާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި ނަވާރަ ސްކޫލަކުން ދަރިވަރުން ވާދަކުރެއެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި ހއ، ހދ އަދި ށ އަތޮޅުގެ ސުކޫލުތަކުން 774 އެތުލީޓުން ވާދަކުރެއެވެ.

މި މުބާރާތުގައި ޖުމްލަ 108 އިވެންޓެއް އޮންނައިރު 8 އުމުރުފުރާއަކުން މި އިވެންޓްތަކުގައި ބައިވެރިވެއެވެ. އިވެންޓްތައް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ހުސެއިން ބުނީ ކުޅުދުއްފުށި ވަނީ މި އެތުލެޓިކްސް މީޓަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި ގައުމީ ލެވެލްގައި ހަރަކާތްތެރިވާ އެތުލީޓުން ކުޅުދުއްފުށީގެ އިވެންޓްތަކުން ފެންނަ ކަމަށެވެ. އެހެންކަމުން މިއީ އެތުލީޓުންނަށް އިތުރަށް ކުރިޔަށްދާން ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަަމަށެވެ.

ކުޅުދުއްފުށީ ސިޓީގައި ބާއްވާ އިންޓަރސުކޫލު އެތުލެޓިކްސް މީޓަށް އެ ސިޓީ ވަރަށް ބޮޑަށް ތައްޔާރުވެފައިވާއިރު މިއީ ކުޅިވަރާއި ހަށިހެޔޮކަމާއި ވުޒާރާއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކުރިޔަށް ގެންދާ މުބާރާތެއް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެއެވެ.