އިންޓަރނޭޝަނަލް ސެޝަން ފޯ ޔަންގް އޮލިމްޕިކް އެމްބެސެޑަރުންގެ 65 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިމަހުގެ 7 އިން 19 އަށް ގްރީސްގެ އެތެންސް އަދި އޮލިމްޕިއާގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކޮށްފައިވަނީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ގައުމީ ރެކޯޑް ހޯލްޑަރު އައިޝަތު ސާޖިނާއެވެ.
މި ސެޝަންގައި ސާޖިނާ ވަނީ އެތުލީޓެއްގެ ގޮތުގައި އޭނާ ކުރި ދަތުރަށް އަލިއަޅުވާލާ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.
އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީން އިންތިޒާމްކުރި މި ސެޝަންގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާން މަންދޫބުން ބައިވެރިވެ އޮލިމްޕިޒަމްއާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
މިއަހަރުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ "ކުޅިވަރުގެ މުސްތަގުބަލު" އާއި "އޮލިމްޕިކް މޫވްމަންޓް އެންޑް އޭއައި: އޮޕޮޗުނިޓީސް އެންޑް ޗެލެންޖްސް" އެވެ.