އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕުގައި މިއަދު ހެނދުނު ބްރެޒިލްގެ ފްލެމިންގޯ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފިއެވެ.
އެމެރިކާގެ ފިލަޑެލްފިއާގެ ލިންކޮން ފައިނޭޝަލް ފީލްޑްގައި ޓިއުނީޝިޔާގެ ޗެމްޕިއަން އެސްޕެރަންސޭ ޑި ތޫނިސް އާއި ދެކޮޅަށް ކުޅުނު މި މެޗު ފްލެމިންގޯ އިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ފްލެމިންގޯ އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ 17 ވަނަ މިނިޓުގައި އެ ޓީމަށް ކުޅޭ އުރުގުއޭގެ މިޑްފީލްޑަރ ޖިއޯޖިއަން ޑި އަރަސްކައޭޓާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އެސްޕެރެންޒޭ އިން ވަރަށް ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ އަށްޑިހަ އިން ސައްތަ ކޮށްޓްރޯލް ކޮށްގެން ކުޅެފައިވަނީ ފްލެމިންގޯ އިންނެވެ. އަދި އެސްޕެރެންޒޭ އިން މި މެޗުގައި ވަނީ ވަރަށް ބޮޑަށް ޑިފެންސަށް އިސްކަން ދީފަ އެވެ.
މި މެޗުގައި ފްލެމިންގޯ އިން ޖެހި ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބްރެޒިލްގެ ފޯވަޑް ލުއިޒް އަރައުހޯ އެވެ.
ކުރިން ޗެލްސީ އާއި އާސެނަލް އަށް ކުޅުނު އިޓަލީގެ މިޑްފީލްޑަރ ޖޯޖީނިއޯ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.