ޚަބަރު

ފިލިޕީންސްގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި


  • ފިލިޕީންސްގެ މިނިވަން ދުވަސް ފާހަގަކުރަނީ ސްޕެއިން އަތްދަށުން މިނިވަންކަން އިޢުލާން ކުރި ދުވަހުގެ ގޮތުގައި

ފިލިޕީންސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ފިލިޕީންސްގެ މިނިވަން ދުވަހާއި ގުޅިގެން އެ ޤައުމުގެ ރައީސް ފާޑިނަންޑް ރޮމަލްޑޭޒް މާކޯސްއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައިވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަހުނިޔާގެ މެސެޖުގައިވަނީ ފިލިޕީންސްގެ ރައީސަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.

ފިލިޕީންސްގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 12 ވަނަ ދުވަހެވެ. އެދުވަސް ފާހަގަކުރަނީ ސްޕެއިންގެ އަތްދަށުން މިނިވަންވެ އެކަން އިޢުލާންކުރުމާއި ގުޅިގެންނެވެ. އެގޮތުން 1978 ފެށިގެން ފިލިޕިންސްގެ މިނިވަން ދުވަހުގެ ގޮތުގައި އެދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.