ޚަބަރު

ސްވިއަޓެކް ބަލިކޮށް ސަބަލެންކާ ފައިނަލަށް


މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލްގެ ޖާގައެއް އެރީނާ ސަބަލެންކާ ހޯދައިފިއެވެ.

ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ސަބަލެންކާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ހަތަރު ފަހަރު މަތިން މި މުބާރާތުގެ ޗެމްޕިއަންކަން މީގެ ކުރިން ހޯދާފައިވާ ޕޮލެންޑްގެ އީގާ ސްވިއަޓެކް ބަލިކުރުމަށްފަހުގަ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗު ބެލަރޫސް އަށް އުފަން ސަބަލެންކާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތެއް, ހައެއް ހަތަރެއް އަދު ސުމެއް ހައެއްގެ ނަތީޖާ އަކުންނެވެ.

ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ފްރެންޗް އޯޕަން ޓެނިން މުބާރާތް ކާމިޔާބުކުރާ ފުރަތަމަ އަންހެން ކުޅުންތެރިޔާގެ ޝަރަފު ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ސްވިއަޓެކް އަށް ވަނީ ސަބަލެންކާ އާއި ދެކޮޅަށް އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފަ އެވެ.

މި އަހަރުގެ މިހާތަނަށް އަދި މުބާރާތެއް ކާމިޔާބު ކުރެވިފައިނުވާ ސްވިއަޓެކް ވަނީ މަނާ ބޭހަށް ޕޮޒިޓިވްވެ މި އަހަރުގެ ކުރީކޮޅު އެއް މަސް ދުވަހުގެ ސަސްޕެންޝަނަކާއި ކުރިމަތިލާން ޖެހިފަ އެވެ.

މި މުބާރާތުގެ ފައިނަލުގައި ސަބަލެންކާ އާއި ދެކޮޅަށް ކުޅޭނެ ކުޅުން ތެރިއެއް އެނގިގެންދާނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު އެމެރިކާގެ ކޮކޯ ގައުފް އާއި ފްރާންސްގެ ލޮއި ބޮއިސަން ކުޅޭ މެޗަށްފަހުގަ އެވެ.