ޚަބަރު

ސިނާ ކުއާޓާ ފައިނަލަށް


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ޔަނިކް ސިނާ ހޯދައިފިއެވެ.

އިޓަލީ އަށް އުފަން އުމުރުން 23 އަހަރުގެ ސިނާ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ރަޝިޔާގެ އެންޑްރޭ ރުބްލޭވް އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ސިނާ ކާމިޔާބުކޮށްފައިވަނީ ހައެއް އެކެއް, ހައެއް ތިނެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ.

ޖެހި ޖެހިގެން ތިންވަނަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ސިނާ މި މުބާރާތުގައި ކުޅުނު އެއްވެސް މެޗެއްގައި އަދި ސެޓެއް ގެއްލުވާލާފައެއް ނުވެއެވެ. ސިނާ ވަނީ ނިމިގެންދިޔަ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އިތުރުން އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ.

ސިނާ އާއި އެންމެ ވާދަވެރި އަދި މީގެ ކުރިން ތިން ފަހަރު މަތިން ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ސާބިޔާގެ ނޯވަކް ޖޮކޮވިޗް ވަނީ އިއްޔެ އިނގިރޭސިވިލާތުގެ ކެމަރޮން ނޮރީ ބަލިކޮށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.

މި މެޗުން މޮޅުވުމާއިއެކު ޖޮކޮވިޗް ވަނީ ފްރެންޗް އޯޕަން ގައި 100 މެޗުން މޮޅުވެ މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމުގައިވާ ސްޕެއިންގެ ރަފައެލް ނަޑާލް އާއިއެކު 100 މެޗުން މޮޅުވުމުގެ ރެކޯޑް ހޯދާފަ އެވެ.