ޚަބަރު

ބާސްކެޓްބޯޅަ ކޯޗު މޫސާ އަލީ ބައިނަލްއަގުވާމީ ކޯޗިން ކޯހެއް ފުރިހަމަކޮށްފި


ރާއްޖޭގެ ‎ބާސްކެޓްބޯޅަ ކޯޗު މޫސާ އަލީ ބައިނަލްއަގުވާމީ ކޯޗިން ކޯހެއް ފުރިހަމަކޮށްފިއެވެ.

‎މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނީ ދެ މަހާއި ބައިގެ މުއްދަތަކަށް ކުރިޔަށްދިޔަ އިންޓަނޭޝަނަލް ކޯޗިން ކޯސް – ސްޕްރިންގް 2025 ސެޝަން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ ހަންގޭރީ ޔުނިވާސިޓީ އޮފް ސްޕޯޓްސް ސައިންސް (ސެމްލްވައިސް ޔުނިވާސިޓީ) ގައެވެ.

‎އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ މި ކޯހުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ ތިއަރީ އާއި ޕްރެކްޓިކަލް ތަމްރީނުތަކުގެ ތެރެއިން ކޯޗިން ތަޖުރިބާ އިތުރުކުރުމަށެވެ.

ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ކޯޗުންނާއި އެތުލީޓުން ރާއްޖޭން ބޭރުން ތަމްރީނުކުރުމާއި ތަޖްރިބާ ހޯދައިދިނުމަށް އެމްއޯސީ އާއި ކުޅިވަރު ވުޒާރާއިން އަންނަނީ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.