ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިންގެ ޓީމުގެ މުހިންމު ތިން މެންބަރަކު މެންޗެސްޓާ ސިޓީ ދޫކޮށްލަން ނިންމައިފިއެވެ.
މީގެ ތެރޭގައި ހިމެނެނީ އެސިސްޓެންޓް ކޯޗު ހުއާންމާ ލިއްލޯ އާއި އިނިގޯ ޑޮމިންގުއޭޒް އާއި ކާލޮސް ވިސެންސް އެވެ. މި ތިން ކޯޗުން ކުލަބު ދޫކޮށްލަނީ ކޯޗިންގައި އިތުރަށް ކުރިއަށް ދިއުމަށް ހެޑް ކޯޗުންނަށް ވުމަށެވެ. މިހެންވެ މިއިން އެއްވެސް މީހަކު އަންނަ މަހު ފަށާ ކުލަބު ވޯލްޑް ކަޕަށް ސިޓީއާއެކު ނުދާނެ އެވެ.
މި ތިން މީހުންގެ ތެރެއިން ފާއިތުވެދިޔަ ހަތް އަހަރު ސިޓީގައި ހޭދަކުރި ވިސެންސް ހަވާލުވާނީ ޕޯޗުގަލްގެ ކުލަބު ބްރާގާއާ އެވެ. މިއީ އޭނާގެ ޓީމަކަށް ކޯޗުކޮށްދޭ ފުރަތަމަ ފަހަރެވެ. މި ޓީމުގައި މިހާތަނަށް ކޯޗެއްގެ ގޮތުގައި ހުރީ ޝެފީލްޑް ވެންސްޑޭ އަށް ކޯޗުކޮށްދިން ކާލޮސް ކަވަހާލް އެވެ.
ލިއްލޯ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ މަހުގެ ނިޔަލަށެވެ. ގާޑިއޯލާއާއެކު ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރި ލިއްލޯ މިހާރު ބޭނުންވަނީ އޭނާގެ ގައުމު ސްޕޭނަށް ބަދަލުވާށެވެ. އޭނާ ބޭނުންވަނީ ސްޕޭނުގެ އާދައިގެ ޓީމެއްގެ ކޯޗަކަށްވާށެވެ.
މި ތިން މީހުން އޭނާގެ ޓީމުން ވަކިވި ނަމަވެސް އެ މީހުންގެ ބަދަލުގައި ކޯޗިން ޓީމާ ގުޅޭނީ ކޮން ބައެއްކަމެއް ގާޑިއޯލާ އަދި ނުބުނެ އެވެ.