ޚަބަރު

ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ


  • ހަވާ އަރުވާނީ މިރޭ 20:00ގައި

  • ހަވާ އަރުވާނީ ހުޅުމާލެ ފޭސް 1ގެ ރިވެލި ބީޗު ސަރަޙައްދުގައި

ހުޅުމާލެ ފޭސް 1ގެ ރިވެލި ބީޗު ސަރަޙައްދުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ރިވެލި ބީޗުގައި މިރޭ 20:00 ޖަހާއިރުކަމަށެވެ.

މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. ހަވާ އެރުވުން ކުރިއަށްދާނީ 3 މިނެޓަށެވެ.

ޚާއްސަ ހަރަކާތްތަކާ ގުޅިގެން ސިފްކޯއިން ދަނީ ވިޔަފާރި އުސޫލުން ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވަމުންނެވެ.