ޚަބަރު

މިއަދުވެސް އުތުރަށް މޫސުން ގޯސް، ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު


  • ވައި ގަދަވެ ކަނޑު ގަދަވާނެކަމަށް ވަނީ ލަފާކޮށްފައި

  • ސަމާލު ނެރެފައިވަނީ 14:00އާ ހަމައަށް

ވައި ގަދަވެ ކަނޑުތައް ގަދަވާނެތީ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

ސަމާލު ނެރެފަވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެލަރޓް ނެރެފަވަނީ މެންދުރު ފަހު 14:00އާ ހަމައަށެވެ.

އަދި އިއްޔެއިން ފެށިގެން އެ އަތޮޅުތަކަށް ކެރީގެ އަސަރުވެސް ދަނީ ކުރަމުންނެވެ. އެހެންކަމުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާގޮތުގައި އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެހެން ހިސާބުތަކަށް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެެއެވެ.