ޚަބަރު

"ހޭލުންތެރި މީޑިއާ" ގެ މާލެ އަތޮޅު ޕްރޮގްރާމް ފަށައިފި


  • ޕްރޮގްރާމް ކުރިއަށްދަނީ ތުލުސްދޫގައި

  • މި ޕްރޮގްރާމްގައި 23 ބައިވެރިން ބައިވެރިވޭ

މުޖުތަމައު ހޭލުންތެރި ކުރުމަށް ހިންގާ "ހޭލުންތެރި މީޑިއާ" ގެ މާލެ އަތޮޅު ޕްރޮގްރާމް ފަށައިފިއެވެ. މި ޕްރޮރާމުގައި ކ އަތޮޅުގެ ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނާއި ނޫސްވެރިންގެ އިތުރުން ބައެއް ޖަމިއްޔާތަކުގެ މެންބަރުން ބައިވެރިވެއެވެ.

‎ކ. ތުލުސްދޫގައި މިމަހު 22 އިން 23 އަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ދެ ދުވަހަށް ކުރިއަށް ގެންދާ މި ޓްރެއިނިން ޕްރޮގްރާމްގައި ތުލުސްދޫ، ދިއްފުށި، ހިންމަފުށި، ހުރާ، ގުޅި އަދި މާފުށިން 23 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާ އިން ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިންނާއި މައުލޫމާތު ހިއްސާކުރާ މައުޟޫތަކުގެ ތެރޭގައި، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަޙްލާޤު، ނޫސްވެރިކަމުގެ ވައްތަރުތަކާއި ލިޔުންތެރިކަމުގެ ވައްތަރުތައް، ދިވެހިރާއްޖޭގެ ތަރައްޤީގައި ނޫސްވެރިންގެ ދައުރު، ތަޙްޤީޤީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމް، އެކި އެކި ފިކުރުތަކާއި ނޫސްވެރިކަން އަދި ނޫސްވެރިކަމުގެ ބަސްމަގު، އަސްލާއެއްގޮތް ހަބަރުތަކާއި އޭއައި ޖެނަރޭޓޭޑް ހަބަރުތަކާއި ގުޅޭގޮތުން މައުލޫމާތުދިނުން ހިމެނޭކަމަށެވެ.

މިދިޔަ އަހަރުވެސް ވަނީ ހޭލުންތެރި މީޑިއާގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި، ނޫސްވެރިންނަށް ހާއްސަކޮށްގެންނެވެ. އެ ޕްރޮގްރާމް 28 ފަރާތަކުން ބައިވެރިވެފައިވެއެވެ.