ޚަބަރު

ވަގުތު އޮންލައިނަށް 11 އަހަރު ފުރުމާއި ގުޅިގެން ރައީސްގެ ތަހުނިޔާ


  • ރައީސް ވަނީ މައުލޫމާތު ފެތުރުމަށް ނޫހުން ކުރެއްވި މަސައްކަތައް ޝުކުރު އަދާކުރައްވާފައި

ރާއްޖޭގައޮ ހިންގަމުންދާ އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" އަށް 11 އަހަރު ފުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ދަންނަވައިފިއެވެ.

"ވަގުތު އޮންލައިން" ގެ އަހަރީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރާއިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެނޫހުގެ ވެރިންނާއި މުވައްޒަފުންނަށް ތަހުނިޔާ ދަންނަވާފައެވެ. އެމަނިކުފާނު ވަނީ ވަގުތު އޮންލައިނުން ވޭތުވެ ދިޔަ 11 އަހަރު ތާޒާކަމާއި އަވަސްކަމާއެކު ތެދު މައުލޫމާތު ފެތުރުމަށް ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

ވަގުތު އޮންލައިން އަކީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ އެންމެ ގިނަ ދުވަސްވީ މީޑިއާތަކުގައި ހިމެނޭ މީޑިއާއެކެވެ.