ޚަބަރު

"ވާނުވާ ބަންދު"ގައި ތިބި މީހުން މޮނިޓަރ ކުރުމާއި ގުޅޭ ގޮތުން އިދާރާތަކާއި އެކު މަޝްވަރާކުރައްވައިފި


  • މި ބައްދަލުވުމުގައި އޭޖީ، ޕީޖީ އަދި ދާޚިލީ ވަޒީރު ބައިވެރިވެވަޑައިގެންނެވި

"ވާނުވާ ބަންދު" ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން މޮނީޓަރިން ނިޒާމެއްގެ ތެރެއިން ފުރުސަތެއް ދިނުމާއި ގުޅޭގޮތުން ކަމާއި ގުޅުން ހުރި އިދާރާތަކާއިއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކޮށްލެވުމުގައި "ވާނުވާ ބަންދު"ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން އިއްޔެގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަމާމެދު މަޝްވަރާ ކުރެއްވިއެވެ. ޚާއްޞަކޮށް، އެބޭފުޅުން ލިޔުމުން ހުށަހެޅުއްވި ކަންކަމާމެދު، މިބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. މިގޮތުން "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކަށް 1 ފުރުޞަތު ދިނުމުގައި، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން އާއި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.