ކުޅިވަރު

ކުރީ މެޗަށްވުރެ މޮޅަށް އަމިއްލަ ދަނޑުގައި ޕީއެސްޖީ ކުޅޭނެ: ހަކީމީ


އާސެނަލްގެ ދަނޑުގައި އެ ޓީމު 1-0 ގެ ނަތީޖާއަކުން ބަލިކުރި މެޗަށްވުރެ ރަނގަޅަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި މިރޭ ޕީއެސްޖީ ކުޅޭނެ ކަމަށް އެ ޓީމުގެ ޑިފެންޑަރު އަޝްރަފް ހަކީމީ ބުނެފިއެވެ.

ރެއާލް މެޑްރިޑުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ މޮރޮކޯގެ ޑިފެންޑަރު ބުނީ އަމިއްލަ ދަނޑުގައި ޕީއެސްޖީ އަކީ ތަފާތު ޓީމެއްކަން އާސެނަލް އަށް ދައްކާލަން ހުރިހާ ކުޅުންތެރިން ވެސް ތިބީ ތައްޔާރަށެވެ.

"އަހަރުމެން އެންމެ ބޮޑު ތަފާތަކީ އަހަރުމެން ބޯޅައާއެކުގަ އާއި ބޯޅަ ނެތީސް އަހަރުމެން ކުރާ މަސައްކަތް. އަދި އަހަރުމެން ޕްރެސް ކުރާ ވަރު. އާސެނަލް އަށް އަހަރުމެންގެ ދަނޑުގައި އަހަރުމެން ޕްރެސް ކޮށްލާނެ ވަރު އިހުސާސްކުރެވޭ ވަރަށް މި މެޗުގައި ކުޅެންވާނެ،" ކޯޗު ބުންޏެވެ.

ހަކީމީ ބުނީ ޕީއެސްޖީ މި އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ކުޅޭނެ ކަމަށް ވަރަށް ގިނަ ބަޔަކު އުއްމީދު ކުރާ ކަމަށެވެ.

"އަހަރުމެން ކުރީ މެޗުގައި ދެއްކި ކުޅުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އެތިބީ އަހަރުމެން ފައިނަލް ކުޅޭނެ ކަމަށް އުއްމީދު ކޮށްގެން. އަދި މި މެޗުގައި އެފަދަ ފޯރިގަދަ މެޗެއް ފެނިގެންދާނެ ކަމަށް ވެސް ގިނަ ބަޔަކު އުއްމީދު ކުރެވޭ،" ކޯޗު ބުންޏެވެ.

ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެފައިވަނީ 2020 ވަނަ އަހަރު އެވެ. އެ ފައިނަލްގައި ޕީއެސްޖީ ބަލިވީ ޖަރުމަނުގެ ބަޔާން މިއުނިކް އަތުންނެވެ. އާސެނަލް އަކީ ވެސް ޗެމްޕިއަންސް ލީގު ތަށި ލިބިފައިވާ ޓީމެއްނޫނެވެ. ފައިނަލްގައި ކުޅުނީ އެންމެ ފަހަރަކު އެވެ. އެއީ 2006ގަ އެވެ. ބަލިވީ ބާސެލޯނާ އަތުންނެވެ.