ޚަބަރު

ޕީއެސްޖީ ބަލިވެ ރިކޯޑު ނިމުމަކަށް


ފްރެންޗް ލީގުގައި ރޭ ނީސްއާ ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ބަލިވެ، ލީގުގައި ބަލިނުވެ ޕީއެސްޖީން ދަމަހައްޓަމުން އައި ރިކޯޑު ނިމުމަކަށް އަތުވެއްޖެއެވެ.

ފްރެންޗް ލީގުގެ ޗެމްޕިއަންކަން މި މަހުގެ ކުރީކޮޅު ކަށަވަރުކޮށްފައިވާ ޕީއެސްޖީ ރޭގެ މެޗުން ބަލިވެފައިވާއިރު މިއީ ލީގުގައި މި ސީޒަނުގައި އެ ޓީމު މިހާތަނަށް ކުޅުނު 31 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ.

ލީގުގައި ކުޅުނު 31 މެޗުން މިހާތަނަށް 78 ޕޮއިންޓް ޕީއެސްޖީ އިން ހޯދާފައިވާއިރު ދެވަނައިގައި އޮތް މާސޭއަށް ލިބިފައިވަނީ 55 ޕޮއިންޓެވެ.

ޕެރިހުގެ ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ނީސް އެވެ. މި ލަނޑު މެޗުގެ 34 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މޯގަން ސެންސަން އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޕީއެސްޖީގެ ފަބިއަން ރުއިޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ނީސްއިން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގަ އެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ސެންސަން އެވެ.

މި މެޗުގައި ނީސް އިން ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ވިހި މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޔޫސުފް އެންޑައިޝިމިޔޭ އެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް ނަގައިދިން ވަގުތު ޔޫސުފް ބޮލުން ޖަހާ ޕީއެސްޖީގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މި މެޗަށްފަހު ކޯޗު ކުއިސް އެންރީކޭ ބުނެފައިވަނީ މި މެޗުގައި އިދިކޮޅު ޓީމު ކޮޅަށް ލަނޑުތަކެއް ޖަހަން ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އެ ޓީމުގެ ޑިފެންސްލައިން ވަރުގަދައީ ކަމަށެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މި ހަފްތާގައި އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗުގައިވެސް ރޭގެ މެޗުގައި ފެނިގެންދިޔަފަދަ އެޓޭކިން ގޭމެއް ފެންނާނެކަމަށް އުންމީދު ކުރާކަމަށްވެސް ލުއިސް އެންރީކޭ ވަނީ ބުނެފަ އެވެ.