އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 200 މީޓަރު ދުވުމުން އެއްވަނަ ޔުއާން އަހްތަރު ޒާހިރު ހޯދައިފިއެވެ. އޭނާ ރޭސް ނިންމީ 24.57 ސިކުންތުންނެވެ. ދެވަނައަށް ރޭސް ނިންމީ 25.16 އިން މުހައްމަދު އަޒްޔާން އަލީއެވެ. ތިންވަނައަށް ދިޔައީ 25.19 އިން ރޭސް ނިންމި ސަރާހް ޝަމްސަދްއެވެ.
16 އަހަރުން ދަށުގެ އަންހެން ކުދިންގެ 200 މީޓަރު ދުވުމުން އެއްވަނަ ހޯދީ އައިމިނަތު އައުހާ އަބުދުއްރަހްމާންއެވެ. އޭނާ ރޭސް ނިންމީ 28.20 ސިކުންތުންނެވެ. ދެވަނަ ހޯދި އުޔޫން އަހުމަދު ނަދީމަށް ރޭސް ނިންމުނީ 28.53 ސިކުންތުންނެވެ. ތިންވަނަ ހޯދީ 28.88 ސިކުންތުން ރޭސް ނިންމި އާނީ ހުސެއިން އަހުމަދެވެ.
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 16 އަހަރުން މަތީގެ 200 މީޓަރު އަންހެނުންގެ ދުވުމުގެ ބައިން އެއްވަނަ ހޯދީ އަހުނާ ނިޒާރެވެ. އޭނާ ރޭސް ނިންމީ 25.95 ކުން ރޭސް ނިންމައިގެންނެވެ. ދެވަނައަށް ރޭސް ނިންމީ 26.57ގެ ޓައިމިންއަކާއެކު ހައްވާ މުޒްނާ ފާއިޒްއެވެ. ތިނަވަނަ އަށް ދިޔައީ 26.65 ކުން ރޭސް ނިންމި އައިޝަތު ޝަބާ ސަލީމްއެވެ.
16 އަހަރުން މަތީގެ ފިރިހެނުންގެ 200 މީޓަރު ދުވުމުން އެއްވަނަ ހޯދީ އާދަމް ރިފްއަތުއެވެ. އޭނާ ރޭސް ނިންމީ 22.59 ސިކުންތުންނެވެ. ދެވަނަ ހޯދީ 22.67 ކުން ރޭސް ނިންމި ހުސެއިން ޒީކް ސައުދުއެވެ. ތިންވަނަ އަށް ރޭސް ނިންމީ 22.98 ސިކުންތުން އަހުމަދު އަބްސަލް މުހައްމަދު ޖަލީލްއެވެ.
ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގެ އިވެންޓްތައް މިއަދު ހަވީރުވެސް އެކުވެނި ސިންތެޓިކް ޓްރެކްގައި ކުރިޔަށްދާނެއެވެ. އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕަކީ އެތުލެޓިކްސް އެސޯސިއޭޝަނުން މިއަހަރު ބާއްވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތްތަށްފަހު އިންޓަސުކޫލު މުބާރާތާއި ގައުމީ މުބާރާތްވެސް ބާއްވާނެއެވެ.
މިމުބާރާތުގައި 17 ކްލަބަކުން 200 އަށްވުރެ ގިނަ އެތްލީޓުން ވާދަކުރެއެވެ.