މާލެ އަތޮޅު ކައުންސިލުން މަތީ ތައުލީމު ހާސިލްކުރުމުގެ ސްކޮލަރޝިޕަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މާލެ އަތޮޅު ކައުންސިލުން ވިދާޅުވީ، މިއީ އެ އަތޮޅުގައި މަތީ ތަޢުލީމު ހާސިލްކުރާ ޒުވާނުން އުފެއްދުމަށާއި، ތަޢުލީމީ ޒުވާނުންގެ ޖީލެއް އުފެއްދުމުގެ އިތުރުން އަތޮޅުގައި ނެތް ދާއިރާތަކުން މީހުން ބިނާކުރުމުގެ މަޤްސަދުގައި ހުޅުވާލެވިފައިވާ ސްކޮލަރޝިޕެއްްކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް އެއްފަހަރު "ކާފު ސްކޮލަރޝިޕަށް" ހުޅުވާލެވިގެންދާނެކަމަށް އެ ކައުންސިލުން މަޢުލޫމާތުދެއެވެ.
ކާފު ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަންނަ މަހުގެ 22 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މި ސްކޮލަރޝިޕްގެ ދަށުން 7 ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކުރުމަށް 2 ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
• އާކިޓެކްޗަރ
• މެޑިސިން
• ސައިކޮލޮޖީ
• އަ.އި.ޓީ
• މަލްޓި މީޑިއާ
• ސިވިލް އިންޖިނިއަރިންގ
• އެޑިއުކޭޝަން އެޑްމިނިސްޓްރޭޝަން
ސްކޮލަރޝިޕްގައި ކިޔެވުމަށް އެދި ހުށައަޅާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ. މި ސްކޮލަރޝިޕްތަކުގައި ކޮންމެ ދަރިވަރަކަށްވެސް ހުށައެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމަކަށެވެ.
ސްކޮލަރޝިޕްގައި ކިޔެވުމަށް އެދި ހުށައަޅާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ. އަދި މި ސްކޮލަރޝިޕްތަކުގައި ކޮންމެ ދަރިވަރަކަށްވެސް ހުށައެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމަކަމަށެވެ.
މާލެއަތޮޅު ކައުންސިލުން ވިދާޅުވީ، މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެކަމަށެވެ. އެއަށްފަހު ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުން ކަނޑައަޅާނީ އެކަމަކަށް ކަނޑައެޅިފައިވާ ވަކި ކޮމިޓީއަކުންނެވެ.
ފުލީ ފަންޑެޑް ސްކޮލަރޝިޕްގެ ގޮތުގައި ސްކޮލަރޝިޕް ދެވޭނީ އެ ކައުންސިލާ އެފިލިއޭޓްވެފައިވާ ޔުނިވަރސިޓީއަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ހުށަހަޅާފައިވާނަމައެެވެ. އަދި އެހެން ޔުނިވަރސިޓީއަކުން ކިޔަވަން ހުށަހަޅާފައިވާނަަމަ ދެވޭނީ ޕާޓްލީ ފަންޑެޑް ސްކޮލަރޝިޕެއްކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.
ސްކޮލަރޝިޕަށް އެދި މާލެއަތޮޅު ކައުންސިލް އިދާރާގެ އީ-މެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅޭނެއެވެ. ހުށަހެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މިއަންނަ މެއި މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ.