ސްޕެއިންގައި މިހާރު ކުރިއަށްދާ ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކާލޯސް އަލްކަރާޒް ހޯދައިފި އެވެ.
ސްޕެއިންގެ އަލްކަރާޒް މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އޮސްޓްރޭލިއާގެ އެލެކްސް ޑެމިނޯ އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކުރުމަށްފަހުގަ އެވެ. މި މެޗުގެ ސެޓުތައް އަލްކަރާޒް ކާމިޔާބުކޮށްފައިވަނީ ހަތެއް ފަހެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި އަލްކަރާޒް އާއި ދެކޮޅަށް ނިކުންނާނީ ފްރާންސްގެ އާތީރް ފިލްސް އެވެ. އޭނާ އަށް ސެމީ ފައިނަލުގެ ޖާގައެއް ލިބިފައިވަނީ ގްރީސްގެ ސްޓެފަނޮސް ސިސިޕަސް އާއި ދެކޮޅަށް ކުޅުނު މެޗުގެ ވަކި ހިސާބަކުން ސިސިޕަސް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ މެޗު ދޫކޮށްލުމުންނެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ނޯވޭގެ ކެސްޕަރ ރޫޑް ވަނީ ޑެންމާކްގެ ހޮލްގަރ ރޫން އާއި ދެކޮޅަށް ކުޅުނު މެޗުން ހައެއް ހަތަރެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން ބަލިވެފަ އެވެ.