ޚަބަރު

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު އަންހެނަކަށް ފަރުވާ ދެނީ


  • އަނިޔާވެފައިވަނީ 21 އަހަރުގެ އަންހެނަކަށް

  • އޭނާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު އަންހެނަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހެންވޭރުގައި ހުރި ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:23 ހާއިރު ކަމަށެވެ. ވެއްޓިފައި އޮތްވާ ފެނުނީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު، އެމީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެއަންހެން މީހާއަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.