ދިވެހި އަސްކަރިއްޔާގެ ތަމްރީންތަކެއް ކަނޑުމަތީގައި ކުރިއަށްގެންދާތީވެ އެކަމަށް ސަމާލުވުމަށް ދެިވހި ސިފައިންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.
މި ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތިދުވަހާ ހަމައަށް ކޮންމެ ދުވަހަކު 6:00 އިން 17:30 އަށެވެ. ދިވެހި ސިފައިންގެ ޚިދުމަތުން ވިދާޅުވީ މި ތަމްރީންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން ކަނޑުމަތީގައި ކަމަށެވެ.
މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށް ކަމަށާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރުކަމަށްވެސް ދިވެހި ސިފައިންގެ ޚިދުމަތުން ވިދާޅުވިއެވެ.
ދިވެހި ސަިފައިންގެ ލަޝްކަރު ވަރުގަދަކުރުމުގެ ގޮތުން ދޭތެރެ ދޭތެރެއިން މާލެ ސަރަޙައްދުގައި އަންނަނީ މިފަދަ ތަމްރީންތައް ހިންގަމުންނެވެ.