ޚަބަރު

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި 6 އަހަރުގެ ކުޑަ ކުއްޖަކާއި ފިރިހެނަކަށް އަނިޔާވެއްޖެ


  • އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 17:53ހާއިރު

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

މިއެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 17:53ހާއިރުއެވެ.

މިއެކްސިޑެންޓް ހިނގަން މެދުވެރިވީ، މާލެއިން ހުޅުމާލެއަށް ދަތުރު ކުރި ސައިކަލެއްގައި ސީޕްލޭން ޓާމިނަލާއި ދިމާލުން ނިކުތް ވޭނެއް ޖެހިގެންނެވެ.

މިއެކްސިޑެންޓް ހިނގި ވަގުތު ސައިކަލުގައި، 6 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް އިނެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ފިރިހެން މީހާއަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ކުޑަ ފިރިހެން ކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް، ފުލުހުން ވިދާޅުވެއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.