ޚަބަރު

ޕީސީބީގެ ރައީސް އަނަސްއަށް ރުހުން އޮތްކަމަށް މަޖިލީހުން ފާސްކޮށްފި


  • ޕީސީބީ ރައީސަކަށް އަނަސް އައްޔަންކުރެއްވީ ފެބުރުއަރީ މަހު

  • އެމަޤާމަށް އޭނާ އައްޔަންކުރެއްޥީ ހަމްދީ އަގީލް ވަކިކުރެއްވުމަށްފަހު

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ، ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސްއަށް ރައްޔިތުންގެ މަޖިލީހުން ރުހުން އޮތްކަމަށް ފާސްކޮށްފިއެވެ. އަނަސްއަށް ރުހުން އޮތްކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ ވޯޓުންނެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް އަނަސް އައްޔަންކުރެއްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
އެ މަޤާމަށް އޭނާ ޢައްޔަންކުރައްވައ،ި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލ،ަ ދިރާސާކުރެއްވީ މަޖިލީހުގެ އެސްއޯއީ ކޮމިޓީންނެވެ. އެ ކޮމިޓީން ވަނީ އަނަސްއަށް 87 މާސްކްސް ދެއްވައި، އޭނާއަކީ އެ މަޤާމަށް ޤާބީލު ބޭފުޅެއްކަމަށް ނިންމަވާފައެވެ.

ޕީސީބީއަށް ރައީސްކަމަށް އަނަސް އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވިހަމްދީ އަގީލް ފެބުރުއަރީ މަހުގެ 13ވަނަ ދުވަހު އެ މަގާމު ވަކިކުރެއްވުމުންނެވެ.

މުޙައްމަދު އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަގާމު ހިމެނެއެވެ.