ކުޅިވަރު

ފެތުމުގެ ގައުމީ ޓީމުގެ ޓްރަޔަލްގައި 63 ފެތުންތެރިން


މި އަހަރު ރާއްޖޭގެ ފެތުންތެރިން ބައިވެރިވާ އެންމެ މުހިންމު ދެ މުބާރާތުގެ ޓްރަޔަލަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށް ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް ޢަލީ ވިދާޅުވެއްޖެއެވެ.

މި ދެމުބާރާތައް ދާނެ ފެތުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްތަކާ ގުޅޭ ގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް ވިދާޅުވީ ޓްރަޔަލްތަކުގައި 63 ފެތުންތެރިން ބައިވެރިވި އިރު އޭގެތެރޭގައި ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލިކުރާ 4 ފެތުންތެރިޔަކުވެސް ހިމެނޭ ކަމަށެވެ.

"ރާއްޖޭގައި ޓްރަޔަލް މިޖާހާ މުއްދަތުގައި ބޭރުގައި ތިބިކުދިން ވެސް އެތިބި ތަނެއްގައި ޓްރައިލް ޖަހާނެ." އިސްމާއިލް ވިދާޅުވިއެވެ.

ހަމަ އެހެންމެ ބޭރުގައި ކިޔަވަންތިބި ބެއެއް ފެތުންތެރިން ވެސް ރާއްޖެއައިސް މި ޓްރަޔަލްގަ ބައިވެރިވިކަން އިސްމާއިލް ފާހަގަކުރިއެވެ. އިސްމާއިލް ވިދާޅުވީ ރާއްޖެއިން ބޭރުގެ މުބާތަކަށް ދާން މިއީ މިހާތަނަށް ޓްރައަލައަކަށް އެންމެ ގިނަ ފެތުންތެރިން ބައިވެރިވި ފަހަރުކަމަށެވެ.

އިސްމާއިލް ވިދާޅުވީ ކޮންމެ އަހަރަކުވެސް ދެ ބުރަކަށް ބޭރުގަ އޮންނަ މުބާރާތްތަކުގައި ވާދަކުރުމަށް ޓްރަޔަލް ބާއްވާކަމަށެވެ. އަންނަ ޖޫންމަހު އޭޝިޔަން ޔޫތް ގޭމްސް އަދި އިސްލާމިކް ސޮލިޑަރަޓީ ގޭމްސްގަ ވާދަކުރާ ފެތުންތެރިން ހޮވުމަށް ޓްރަޔަލް ބާއްވާނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މިމަހުގެ 8 އިން 11 އަށް ޓްރަޔަލް ބޭއްވީ މިއަހަރު ރާއްޖޭއިން ވާދަކުރާ އެންމެ މުހިންމު ބައިނަލްއަގުވާމީ ދެ މުބާރާތް ކަމަށްވާ ޖުލައި މަހު ފަހުކޮޅު ސިންގަޕޫރުގައި އޮންނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕާއި، އޮގަސްޓް މަހު ތެރޭގައި ރުމޭނިއާގަ އޮންނަ ވޯލްޑް ޖުނިއާ އެކުއަޓިކްސް ޗެމްޕިއަންޝިޕަށެވެ.