ޚަބަރު

ހުޅުމާލޭ ކެފޭއެއްގައި ހިނގި މާރާމާރީއަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި


  • މި މާރާމާރީ ހިނގާފައިވަނީ ދެ ބިދޭސީއެއްގެ ދެމެދު

  • ހައްޔަރުކޮށްފައިވަނީ ނޭޕާލު ފިރިހެނެއް

ހުޅުމާލޭ ފޭސް އެކެއްގައި ހުރި ކެފޭއެއްގައި ހިނގި މާރާމާރީއަކާގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މާރާމާރީ ހިނގާފައިވަނީ ނޭޕާލު ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެއްގެ ދެމެދުގައިކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 10:08 ހާއިރުކަމަށެވެ.

މި މާރާމާރީގައި ބަންގްލަދޭޝަން މީހާއަށް އަނިޔާވެފައިވާކަމަށާއި ނަމަވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅިހެން ނޭޕާލް މީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.