ހުޅުމާލެ މުދާ ޖެޓީ ތަރައްޤީކުރުމަށް، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީއިން ވިދާޅުވީ ހުޅުމާލެ މުދާ ޖެޓީ ތަރައްޤީކުރުމަށް، އެ ސަރަހައްދުގައި އަޅަފައިވާ އުޅަނދުތަކަށް ލިިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ނަގަން ޖެހޭނެކަމަށެވެ. މިމުއްދަތުގައި އުޅަނދުތައް އެ ސަރަހައްދުން ނަގާފައިނުވާނަމަ، އެ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުވާނެކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.
...ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމާއި ގުޅޭ
— Housing Development Corporation (@hdcmaldives) April 9, 2025
އިއުލާން: https://t.co/hW0w8hcUoI#އެޗްޑީސީއާއެކު pic.twitter.com/IZPQReJFuR
އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެ ކުންފުންޔަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާފައެވެ.
އެޗްޑީސީން ވިދާޅުވީ ހުޅުމާލެ މުދާ ޖެޓީ މިހާރަށްވުރެ ރަނގަޅަށް ތަރަށްގީކުރުމަށް ތައްޔާރު ވަމުން ދާކަމަށެވެ. އެގޮތުން ހުޅުމާލެ މުދާ ޖެޓީ އިތުރަށް ތަރަށްގީކުރާއިރު އުޅަނދުތައް ފަސޭހައިން ކައިރިކޮށް މުދާ އެރުވޭނެ ގޮތް ހަމަޖެހޭނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ.