މާލޭގައި މަގު މަތިން ދުއްވާފައި ދިޔަ މީހެއްގެ ގަޔަށް ކަޅު ތެޔޮ ޖެހި މައްސަލައެއްގައި 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 27 ވަނަ ދުވަހު ގއ. ދާންދޫ، ސަލްޓަން ވިލާ، އަހުމަދު ރިޝްމާހް ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލޭގެ ކަލާފާނު ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ގަޔަށް ސައިކަލެއްގައި ދަމުން ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައެވެ.
މިމައްސަލައިގެ ތުހުމަތުގައި ރިޝްމާހް ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.