ޚަބަރު

ރައީސުލްޖުމްހޫރިއްޔާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑު މިއަދު 1:00 ޖަހާއިރު


  • ޕީއެސްއެމް ނިއުސް އިން މެންދުރު 2:30ގައި އެޕިސޯޑް ގެނެސްދޭނެ

ސަރުކާރާ ގުޅުންހުރި މަޢުލޫމާތުތައް ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު ގެނެސްދޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިއީ ރައްޔިތުންނަށް ވީހާވެސް ގާތުން މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓެކެވެ.

މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 1:00 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލްމީޑިއާ ޗެނަލްތަކުން ގެނެސްދޭނެއެވެ. އަދި މެންދުރު 2:30ގައި ޕީއެސްއެމް ނިއުސް އިންވެސް މި އެޕިސޯޑް ގެނެސްދޭނެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދަވާ މި ޕޮޑްކާސްޓް ހޯސްޓުކުރައްވާނީ ކުރީގެ ޓީވީ ޝޯތަކުން ފެނިގެންގޮސްފައިވާ ގިނަބައެއްގެ މެދުގައި މަގުބޫލު ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ)އެވެ.