އުނދަގޫތަކަކާ އެކުވެސް ޢީދަށް ދިއްލާލުމަކީ ރައީސް ޑރ. މުޢިއްޒު ފެއްޓެވި ޗާލު ކަމެއްކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް ވިދާޅުވެއްޖެވެ.
"ޢީދު އަލި" ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޭގެ މޭޔަރުކަމުގައި ހުނެންނެވި ދުވަސްވަރު އެމަނިކުފާނު އިސްނެންގެވުމުގެ މަތިން ޢީދުފަދަ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ފެށި ހަރަކާތެކެވެ.
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް ވިދާޅުވީ އީދައް މާލެއާ ވިލިމާލެ އަދި ހުޅުމާލޭގައި ކުލަބޮކި ޖަހާ މުޅި މާލެ ސަރަޙައްދު ދިއްލާލުމަކީ މާލެސިޓީގެ މޭޔަރަކައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނެވިއިރު ވަރައް ކުލަގަދަކޮއް ކުރައްވަމުން ގެންދެވި މަސައްކަތެއްކަމަށެވެ.
އަދި އޭރުގެ ސަރުކާރުން ކުރުމަތިކުރުވި އުނދަގޫތަކާއެކުވެސް އެކަން ކާމިޔާބު ކާމިޔާބުކުރެއްވިކަމަށާއި އެކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުކުރެއްވި މުހިއްމު މަސައްކަތްޕުޅެއްގެ ގޮތުގައި ޑެޕިއުޓީ މޭޔަރު ވަނީ ސިފަކުރައްވާފައެވެ. އަދި އޭރުގެ ސަރުކާރުގެ ތެރެއިން އެކަމަށް އެއްބާރުލުން ނުލިބި ދަތިތަކާ ކުރިމަތިލާން ޖެހުނުނަމަވެސް އަދުގެ ސަރުކާރުގެ ސިޓީތަކާބެހޭ ވުޒާރާއިން މިކަން ކުރިއަށްގެންދަނީ ސިޓީ ކައުންސިލްވެސް ބައިވެރިކޮށްގެންކަން އޭރު ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި އަރީޝް ފާހަގަކުރެއްވިއެވެ.
އީދައް މާލެ ސިޓީ ،ވިލިމާލެ އަދި ހުޅުމާލެގަ ކުލަބޮކި ޖަހާ މުޅި މާލެ އޭރިޔާ ދިއްލާލުން މީ މާލެސިޓީ ގަ މޭޔަރަކައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނެވިއިރު ވަރައް ކުލަގަދަކޮއް ކުރައްވަމުން ގެންދެވި މަސައްކަތެއް. އޭރުގެ ސަރުކާރުގެ އުންދަގޫތަކާ ކުރި ދުއްތުރާ ތަކުގެ ތެރޭން ވެސް… pic.twitter.com/B0utNDPOmr
— Mohamed Areesh (@attuareesh) March 21, 2025
ދާދިފަހުން މާލޭގެ ޑެޕިއުޓީ މޭޔަރަކަށް އައްޔަންކުރެވުނު އަރީޝް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން ވެސް "އީދު އަލި" ހަރަކާތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުލަ ގަދަކޮށް ކުރައްވަމުން ގެންދަވާތީ އުފާކުރައްވާކަމަށެެވެ. އެގޮތުން މާލެސިޓީ ކައުންސިލާއެކު މިކަމުގައި ސިޓީސް މިނިސްޓްރީން ކުރެއްވި މަޝްވަރާ ތަކައްފަހު މާލެ ސަރަހައްދު ދިއްލާލުމުގެ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.
ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މިމަހުގެ 31 ވަނަ ދުވަހެވެ. ފިތުރު ޢީދަށް މާލެއާއި އަތޮޅުތަކުން ކަނޑައަޅާފައިވާ ރަށްތައް ދިއްލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން މިހާރު ދަނީ ވަމުންނެވެ. މި މަސައްކަތުގައި މާލޭ ސީޓީ ކައުންސިލުން ވެސް ދަނީ ބައިވެރިވަމުންނެވެ.