އައްޑޫ ސިޓީ މީދޫ ޗަސްބިމުގައި މިއަދު މެންދުރު ރޯވި އަލިފާން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މީދޫ ޗަސްބިން ނުވަތަ މަތިކިޅި ސަރަހައްދުގައި އަލިފާން ރޯވެފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 11:45 ހާއިރުކަމަށެވެ. އެއަލިފާންގަނޑު ނިއްވާލާފައިވަނީ 10 ގަޑިއިރަށްވުރެ ގިނަ އިރު ފަހުން މިރޭ 10:15ހާއިރުއެވެ.
އަލިފާން ނިއްވުމަށްޓަކައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ފައިޓަރުންގެ އިތުރުން ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް އަދި އާންމު ރައްޔިތުންވެސް ވަނީ ހަރަކާތްތެރިވެފައެވެ.
މިއަދު މެންދުރު ރޯވި އެ އަލިފާން ނިއްވާލަން ދަތިވީ އެ ސަރަހައްދަކީ ޗަސްބިން އޮންނަތަނަކަށްވެފައި އަޑީގައި ހިކި ގަސްތަކާއި ފަތްތައް ހުރުމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.