ޚަބަރު

ޗެލްސީގެ ފުރަތަމަ ކީޕަރަކަށް އަނެއްކާވެސް ސަންޗޭޒް


އިނގިރޭސި ޕްރިމިއަރ ލީގުގެ ކުރިއަށް ހުރި މެޗުތަކުގައި ޗެލްސީގެ ފުރަތަމަ ގޯލުކީޕަރަކަށް ދެން ބޭނުންކުރާނީ ރޮބަޓް ސަންޗޭޒް ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.

އާދިއްތަ ދުވަހު އާސެނަލް އާއި ދެކޮޅަށް ލީގުގައި ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މަރެސްކާ ބުނެފައިވަނީ އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗުގައިވެސް ސަންޗޭޒް ކުޅޭނެ ކަމަށެވެ. ]

"އާސެނަލް އާއި ދެކޮޅަށް ކުޅޭނީ ސަންޗޭޒް އަދި ލީގުގައި ކުރިއަށް ހުރި މެޗުތަކުގައި އަނެއްކާވެސް ދެން ފެންނާނީ ސަންޗޭޒް. ކީޕަރު ބަދަލުކުރުމުގެ ވިސްނުމެއް މިހާރަކު ނެތް." މަރެސްކާ ބުންޏެވެ.

ރޮބަޓް ސަންޗޭޒްގެ ބަދަލުގައި ފިލިޕް ޖޯގެންސަން ލީގުގެ ހަތަރު މެޗުގައި ދާދި ފަހުން މަރެސްކާ ވަނީ ބޭނުންކޮށްފަ އެވެ. އެއީ ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވި މެޗުގައި ސަންޗޭޒްގެ ފަރާތުން ހެދުނު ގޯސްތަކާއި ގުޅިގެންނެވެ. އަދި އޭގެ ކުރިންވެސް ސަންޗޭޒް އަތުން ދެ މެޗެއްގައި ހެދުނު ގޯސްތަކުގެ ސަބަބުން ޗެލްސީ ވަނީ އެ ދެ މެޗުންވެސް ބަލިވެފަ އެވެ.

ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގައި ލެސްޓަރ ސިޓީ އަތުން 1-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މެޗުގައިވެސް ގޯލު ބަލަހައްޓާފައިވަނީ ސަންޗޭޒް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ވަނައިގައި މިވަގުތު ޗެލްސީ އޮތީ 28 މެޗުން ލިބިފައިވާ 49 ޕޮއިންޓާއެކުގަ އެވެ. އާސެނަލް ދެވަނައިގައި އޮތް އިރު އެ ޓީމަށް ލިބިފައިވަނީ 55 ޕޮއިންޓެވެ. އެހެންކަމުން ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ޗެލްސީއަށް މިއީ ވަރަށް މުހިންމު މެޗެކެވެ.

މި މެޗަށް މި ދެ ޓީމުން ނިކުންނައިރުވެސް އަނިޔާގެ ސަބަބުން ދެ ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިން ނުފެންނާނެ އެވެ. ޗެލްސީގެ ނިކޮލަސް ޖެކްސަން ނެތްތަން ފޫބެއްދުމަށް ޕެޑްރޯ ނެޓޯ ބޭނުންކުރާއިރު އާސެނަލްގެ ފޯވަޑަކަށް މިހާރު ބޭނުންކުރަމުންދަނީ މިޑްފީލްޑަރ މިކޭލް މެރީނޯ އެވެ.