އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަރޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް ހަމަޖައްސައިފިއެެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ލިވަޕޫލް ފުޓް ބޯލް ކްލަބްގެ އޮފިޝިއަލް ޓޫރިސްޓު ޑެސްޓިނޭޝަން ފާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފިއެވެ.
އެމްއެމްޕީއާރްސީއިން ވިދާޅުވީ މި ގުޅުމުގެ ސަބަބުން ވިޒިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެ ފަތުރުވެރިން އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގްތިސޯދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އަދި މި ޕާޓްނާރޝިޕް ރަސްމީކޮށް އިފްތިތާހުކުރާނީ އަންނަ އޭޕްރީލްމަހުގެ 2 ވަނަ ދުވަހު ލިވަޕޫލް އެފްސީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައިކަމަށްވެސް ވިދާޅުވިއެވެ.
މިގޮތުން މި މެޗުގައި އެންޕީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާރޓްނާޝިޕާއި ދިވެހިރާއްޖޭގެ މަންޒަރުތައް ދާއްކާލުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްއެމްޕީރްސީއިން ވިދާޅުވިއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ވިޒިޓް މޯލްޑިވްސްއަށް އެލްއެފްސީގެ ބައިނަލްއަގްވާމީ އޯޑިއަންސްގައި ބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން 2025 ވަނަ އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެއް ގިނަ ފަތުރުވެރިން އަންނާނެކަމަށް ލަފާކޮށްފައިވާއިރު ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 100 ގިނަ މިލިޔަން ޑޮލަރު ލިބޭނެކަމަށް ލަފާކުރެވޭކަމަށް އެމްއެމްޕީއާރްސީއިން ވިދާޅުވިއެވެ.
އެމްއެމްޕީރްސީއިން ވިދާޅުވީ އެންޕީލްޑް ސްޓޭޑިއަމްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް ވިޒިބިލިޓީ އާއި ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑިން ނިޝާން ފެންނަން ހުންނާނެކަމަށެވެ. މީގެ އިތުރުން އެލްއެފްސީގެ އެކި މަންސަތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އެމްއެމްޕީއާރްސިން ވިދާޅުވީ ރާއްޖޭގައި ލިވަރޕޫލް އެކަޑަމީއެއް ގާއިމްކުރުމާއި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޓެސްޓިނޭޝަން ބްރޭޑިން އިތުރުކުރުން ފަދަ ހައި ވެލިއު އެކްޓިވިޓީސްތައް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ދާނެއެވެ.
އަދި ޕްރިމިއަރ ބްރޭންޑިން ޕްރޮމޯޝަން އަދި ޑައިރެކްޓް އެންގޭޖްމަންޓް މެދުވެރިކޮށް މީޑިއާ ރިޗް ކޮންމެ ސީޒަނަކަށް 397 މިލިޔަނަށް ވުރެއް މައްޗައް އަރާކަމަށާއި އަހަރެއްގެ މައްޗައް 17 މިލިޔަން ޑޮލަރައް ވުރެއް މަތީގައި މީޑިއާ ވެލިއު ލިބޭނެކަމަށް ބެލެވޭކަމަށް ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިޔަން ފުޓުބޯޅަ ސަޕޯޓަރުންނާއި ގުޅުން ބަދަހިކޮށް ރާއްޖެ އިޝްތިހާރުކުރުމެވެ. މި އެެއްބަސްވުމާއި ގުޅޭގޮތުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ މި އެއްބަސްވުމުގެ އަމާޒަކީ ރާއްޖޭގެ ގުދުރަތީ ރިތިކަން ބަލާލަން ބޭނުންވެފައިވާ ބޭނުންވެފައިވާ އެތައް މިލިޔަން ފަތުރުވެރިންނަށް އެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ.
އެމްއެމްޕީރްސީއިން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންގްއަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާއިރު ލަގްޒަރީ އެޑްވެންޗަރ އަދި ތަފާތު ތަޖުރިބާތައް ހޯދަން ބޭނުންވާ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތިގައި ރާއްޖޭގެ ވެގެން ދާނެކަމަށެވެ..