ތިލަފުއްޓާއި ދިމާ ބޭރުން ދަތުރުކުރަމުންދިޔަ "ސުވެނިއަރ 34" ލޯންޗު ފަޅައިގެން ގޮސް ދިޔަވުމާ ގުޅިގެން އެ ލޯންޗުގައި ތިބި މީހުން ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ފަޅައިގެން ގޮސް ދިޔަވަމުންދިޔަ "ސުވެނިއަރ 34" ލޯންޗު ކޯސްޓްގާޑްގެ އެހީތެރިކަމާއެކު މިއަދު މެންދުރު 14:00 ކަންހާއިރު ތިލަފުށީ ފަޅަށް ވައްދައިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.
މި އުޅަނދުގައި 38 މީހުން ތިބިކަމަށާއި އެއީ 34 ޓޫރިސްޓުންނާއި 4 ކްރޫންކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.
މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ވިއްސާރަ ދުވަސްވަރަކަށްވާތީ، ކަނޑުދަތުރުފަތުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.