ޚަބަރު

ޝީ ބިލީވްސް ކަޕުގެ ޗެމްޕިއަންކަން ޖަޕާނުން ހޯދައިފި


އެމެރިކާގައި ނިމިގެންދިޔަ ޝީ ބިލީވްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އެމެރިކާ ބަލިކުރުމަށްފަހު ޖަޕާނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އެމެރިކާގެ ސެން ޑިއޭގޯ ގައި ކުޅުނު ފައިނަލް މެޗަށް ޖަޕާން ނިކުތްއިރު ނިމިގެންދިޔަ ޕެރިސް އޮލިމްޕިކްސްގެ ކުއާޓަރ ފައިނަލުގައި އެމެރިކާ އަތުން އެ ގައުމު ވަނީ ބަލިވެފަ އެވެ. އެހެން ކަމުން މި މެޗަށް ޖަޕާނުން ނިކުތީ ބަދަލު ހިފުމުގެ ރޫހެއްގަ އެވެ.

އެމެރިކާއިން ކޮންމެ އަހަރަކު އެއް ފަހަރު ދައުވަތު ދީގެން ކުރިއަށް ގެންދާ މި މުބާރާތުގައި މި އަހަރު ވާދަކޮށްފައިވަނީ މި ދެ ގައުމުގެ އިތުރުން ކޮލަމްބިއާ އާއި އޮސްޓްރޭލިއާ އެވެ. މި މުބާރާތުގައި އޮސްޓްރޭލިއާ ކުޅުނު އެއްވެސް މެޗަކުން އެ ޓީމު މޮޅުވެފައެއް ނުވެއެވެ.

ހަވަނަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް އެމެރިކާ އިން މި މެޗަށް ނިކުތްއިރު އެ ޓީމުގެ ކޯޗަކަށް ހުރި އެމާ ހޭޔެސް އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ފެނިގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ.

ލީގު އުސޫލުން ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާއި އެއް މެޗު ކުޅެގެން މޮޅުވާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް މުބާރާތް ކުރިއަށް ގެންދިޔައިރު ޖަޕާނުން ވަނީ މި މުބާރާތުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފަ އެވެ.

މި މެޗުގެ ދެވަނަ މިނިޓުގައި ޖަޕާނުގެ މޮމީކީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ 12 މިނިޓު ފަހުން އެމެރިކާގެ ސެންޓްނޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޖަޕާނުން މި މެޗުން މޮޅުވި ލަނޑު މެޗުގެ 50 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓޯކޯ ކޯގާ އެވެ.