އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ތިންވަނަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ސާބާ ވިމެންސް ޗެމްޕިއަންޝިޕުން ތާރީޚީ ރިހި މެޑެލް ހޯދައިދިން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
މުބާރާތުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް މަރުޙަބާ ވިދާޅުވެ، ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދިޔަ ސަރަޙައްދީ މުބާރާތުގެ ފައިނަލުގައި ދިވެހިރާއްޖެއާއި އިންޑިއާ ވާދަކުރި މެޗުގައި، ދިވެހި ޤައުމީ ޓީމުން ދެއްކި ރީތި ކުޅުމާއި ކުރި ހިތްވަރަށް ސާބަސް ދަންނަވާ ކަމަށެވެ.
3 ވަނަ 'ސާބާ އަންހެން ބާސްކެޓް ބޯޅަ' މުބާރާތުން، ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް މަރުޙަބާ ދަންނަވަން.
— Dr Mohamed Muizzu (@MMuizzu) February 27, 2025
އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދިޔަ ސަރަޙައްދީ މި މުބާރާތުގެ ފައިނަލުގައި ދިވެހިރާއްޖެ އާއި އިންޑިއާ ވާދަކުރި… pic.twitter.com/BIeaCfsb7f
ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ޓީމަށް މަރުޙަބާ ވިދާޅުވެފައެވެ. ޤައުމީ ބާސްކެޓު ޓީމުން ހޯދި ކާމިޔާބީއަކީ ޤައުމު ފަޚުރުވެރިވާ ކާމިޔާބީއެއްކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ ޓީމުން ދެއްކީ ނަމޫނާ ކުޅުމެއްކަމަށްވެސް ވިދާޅުވެފައެވެ.
A huge congratulations to our Women’s National Basketball Team for winning the silver medal at the 2025 Basketball SABA Women’s Championship! Your passion, dedication, and hard work have made the entire nation proud, setting a remarkable example for young girls across the… pic.twitter.com/yMszNeCoRN
— Hussain Mohamed Latheef (@HucenSembe) February 27, 2025
އިންޑިއާއާއި ނޭޕާލާއި ރާއްޖެ ވާދަކުރި މި މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރީ އެންމެ ފަހުގެ ރަނަރަޕް ނޭޕާލު ބަލިކުރުމަށްފަހުއެވެ. ރޭ ކުޅުނު މުބާރާތުގެ ފައިނަލުގައި އިންޑިއާއިން ރާއްޖޭގެ މައްޗަށް ކުރިހޯދީ 107-32 ޕޮއިންޓުންނެވެ. މުޅި މެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 7 ޕޮއިންޓް ހޯދި ރައިފާ އިބްރާހީމެވެ. ދެން ރާއްޖޭގެ ޓީމުން އެންމެ ގިނަ ޕޮއިންޓް ހޯދީ 6 ޕޮއިންޓް ހޯދި އައިމިނަތު ޝިއުރާ އަބްދުލް ބާރީ އާއި އީހައު ޝަމީމެވެ.
އިންޑިޔާއިން އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 20 ހޯދި ދަރުޝީނީއެވެ. މި ފަހަރުގެ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ސްރީލަންކާ އިން ބައިވެރިއެއްނުވެއެވެ.
މިއީ ރާއްޖޭގެ އަންހެން ބާސްކެޓުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. މީގެކުރިން ރާއްޖެއިން ވަނީ މި މުބާރާތުން ލޯ މެޑަލް ހޯދާފައެވެ.