ޚަބަރު

ދެވަނަ ބުރުގައި ލިވަޕޫލް އާއި ޕީއެސްޖީ، ރެއާލް މެޑްރިޑާ ދެކޮޅަށް އެތުލެޓިކޯ


ޔޫރަޕްގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ނިކުންނައިރު، ލިވަޕޫލްއާ ދެކޮޅަށް ނިކުންނާނީ ޕީއެސްޖީއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށް ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ނިކުންނައިރު އެ މެޗުން މޮޅުވާ ޓީމެއް ނިކުންނާނީ އާސެނަލް އާއި ޕީއެސްވީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ޔޫރަޕްގެ އިތުރު ޕްރިމިއާ ލީގުގައިވެސް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ ލިވަޕޫލް އާއި ދެކޮޅަށް ފްރެންޗް ލީގުގެ އެއްވަނައިގައި އޮތް ޕީއެސްޖީ ނިކުންނައިރު މި މެޗުން މޮޅުވާ ޓީމެއް ކުއާޓަރ ފައިނަލުގައި ބައްދަލުކުރާނީ އެސްޓަން ވިލާ އާއި ކްލަބް ބްރޫޖް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ސްޕެއިންގެ ބާސެލޯނާ އާއި ދެކޮޅަށް ޕޯޗުގަލްގެ ބެންފީކާ ނިކުންނައިރު ޖަރުމަންގެ ބޮރޫޝިޔާ ޑޯޓްމަންޑް އާއި ދެކޮޅަށް ނިކުންނާނީ ފްރާންސްގެ ލިލް އެވެ. އަދި ޖަރުމަނުގެ ބަޔާން މިއުނިކާއި ދެކޮޅަށް ދެވަނަ ބުރުގައި ނިކުންނާނީ އެގައުމުގެ ބެޔާ ލެވަކޫސަން އެވެ.

މި މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ހޯދި އިޓަލީގެ ހަމައެކަނި ކްލަބު ކަމުގައިވާ އިންޓަރ މިލާން އާއި ދެކޮޅަށް ނިކުންނާނީ ނެދަލޭންޑްސްގެ ފެނޫޑް އެވެ.