އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެދަށުން ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި "ހާލު ކިހެނެއް؟" ޕްރޮގްރާމު، ށ. ފުނަދޫގައި ފަށައިފިއެވެ.
ފުނަދޫގައި "ހާލު ކިހެނެއް؟" ޕްރޮގްރާމު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ފަށާފައިވަނީ މިއަދުއެވެ.
ފުނަދޫގައި "ހާލު ކިހިނެއް؟" ޕްރޮގްރާމް ފެށުމުގެ ގޮތުން، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ޓީމުތަކުން ވަނީ އެރަށަށް ޒިޔާރަތްކޮށް ކައުންސިލާ ބައްދަލުކުރައްވައި، އެ މަސައްކަތް ކުރިއަށްގެންދާނެގޮތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ ގެތަކަށް ޒިޔާރަތްކުރުމާއި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ޓީމުތަކުން ވަނީ ފުނަދޫގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލައި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިއެވެ. މި ޓީމުތަކާއެކު އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު އައިޝަތު ޝިހާމްވެސް ވަނީ ބައިވެރިވެ އާއިލާތަކުގެ ހާލަތު ގާތުން ބަައްލަވާފައެވެ. ފުނަދޫގައި ފެށި މި ހާލު ކިހިނެއް؟ ޕްރޮގްރާމު ކުރިއަށް ގެންދާނީ 2 ދުވަހުގެ މުއްދަތަށެވެ.
"ހާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެދަށުން ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
މި ޕްރޮގްރާމް މިހާތަނަށް މާލޭ ސިޓީގެ އިތުރުން، ހއ، ހދ، ނ، ރ، ބ، ޅ، ފ، ދ، ތ، ލ، ގއ، ގދ އަތޮޅުގެ ރަށްތަކުގެ އިތުރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ގެތަކަށް ޒިޔާރަތްކޮށްވަނީ ކުރިއަށްގެންގޮސްފައެވެ.
"ހާލު ކިހިނެއް" ޕްރޮގްރާމްގައި މިހާތަނަށް 12،000 އަށްވުރެ ގިނަ ގޭބީސީއަށް ޒިޔާރަތްކޮށް، ޙާލަތު ވަނީ ބަލާފައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި އަހަރު މި އަހަރު މުޅި ރާއްޖެއަށް މި ޕްރޮގްރާމް ފުޅާކުރުމަށްވެސް ވަނީ ނިންމާފައެވެ.