ޚަބަރު

މެޒޯ މުހައްމަދު ވަނީ ދިވެހި އަމިއްލަ ފަންނީ އުފެއްދުންތައް އުފެއްދުމުގައި މަޤްބޫލު ހުނަރުވެރިކަަމެއް ދައްކަވާފައި: ރައީސް


  • މެޒޯ މުހައްމަދު އަވަހާރަވުމާއި ގުޅިގެން އޭނާގެ ޢާއިލާއަށް ރައީސް ވަނީ ތަޢުޒިޔާ ވިދާޅުވެފަައި

މިއަދު ނިޔާވި މަޝްހޫރު ލަވަކިއުންތެރިޔާ މުޙަންމަދު މާޖިދު ވަނީ ދިވެހި އަމިއްލަ ފަންނީ އުފެއްދުންތައް އުފެއްދުމުގައި މަޤްބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ މުޙަންމަދު މާޖިދު ނުވަތަ މެޒޯ މުހައްމަދު ނިޔާވުމުގެ ހިތާމައިގައި ތައުޒިޔާ ވިދާޅުވެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މުޙައްމަދު މާޖިދު ނިޔާވުމުގެ ހިތާމައިގައި، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކުރައްވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މެޒޯ މުހައްމަދަކީ ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައިވެސް މެޒޯ މުހައްމަދު ވަނީ މަޤްބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.