ޚަބަރު

ގުރައިދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފި


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ހުއްޓިފައިވާ ކުޅިވަރު މަޝްރޫޢުތައް ފުރިހަމަކުރުމުގެ ޕްރޮގްރާމުގެ ތެރެއިން، ކ. ގުރައިދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ނިންމައި ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.

މި ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢެވެ. ގުރައިދޫ ހޭންޑް ބޯޅަ ކޯޓުގެ މަސައްކަތަކީ މި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރު މަސައްކަތް ހުއްޓިފައި އޮތް ޕްރޮޖެކްޓެކެވެ. އެ ކޯޓުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެތެރޭގައެވެ.

ކުޅިވަރާއި ހަށިހެޔޮ ކަމާއި ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި މިއީ 1.5 މިލިއަން ރުފިޔާ ހޭދަވި ޕްރޮޖެކްޓެކެވެ.

ހޭންޑް ބޯލް މޯލްޑިވްސްއިން ގަބޫލުކުރާ ސައިޒަށް ފައްތައިގެން ތަރައްޤީކޮށްފައިވާ މި ކޯޓުގެ މަސައްކަތް ނިންމުމަށް އަހަރެއްހާ ދުވަސް ހޭދަވި ކަމަށް މިނިސްޓްރީން ބުނެއެވެ.

ކ. ގުރައިދުއަކީ ކުޅިވަރަށް ލޯބިކުރާ ޒުވާނުން ގިނަ ރަށަކަށްވެފައި އަންހެނުން އެންމެ އިސްކަންދޭ ކުޅިވަރުތަކުގެ ތެރޭގައި ހޭންޑް ބޯޅަ ހިމެނެއެވެ.