ޚަބަރު

ބެޑްމިންޓަން އެސޯސިއޭޝަނުގެ ހާލަތު ރަނގަޅުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ރާފިޢު


ރާއްޖޭގެ ބެޑްމިންޓަން ހާލަތު ރަނގަޅުކުރުމަށް އޮލިމްޕިކް ކޮމެޓީއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ބެޑްމިންޓަންގައި ފަހަކަށް އައިސް އެންމެ ހަރަކާތްތެރި ކުލަބް ރިވައިވަލް އިން މާލޭގެ ބޭއްވި ބެޑްމިންޓަން ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރާފިޢު ވިދާޅުވީ ބެޑްމިންޓަންގެ ހުރި މައްސަލަތަކަށް ދާއިމީ ގޮތެއްގައި އަވަސް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ބެޑްމިންޓަންގެ ހާލަތު އެންމެންނަށް ވެސް އެނގޭކަމަށެވެ.

އެންމެ މުހިންމު ކަމަކީ މި ހާލަތުގައި ވަނިކޮށް ރިވައިވަލް ކަހަލަ ކުލަބަކުން ބޮޑު މުބާރާތެއް ބާއްވާ، އެ ފޯރި ހިފެހެއްޓުމަށް ކުރި މަސައްކަތް ކަމަށް ވިދާޅުވެ ރާފިއު ވަނީ އެކަން ފާހަގަކުރައްވާފައެވެ. ރާފިއު ވިދާޅުވީ ކޮންމެ ހާލަތެއްގައި އޮތް ނަމަވެސް އެހެން ކުލަބުތަކަށް ވެސް މި ފުރުސަތު އެބައޮތްކަމަށެވެ.

" ބެޑްމިންޓަން އަޅުގަނޑުމެން ލޯކަލީ، މިހާ ފޯރީގައި ކުރިއަށްދެވޭނެ މަގު މިވަނީ ހޯދިފަ، އަޅުގަނޑުމެން މިނިސްޓްރީއާ ސަރުކާރު މަސައްކަތް ކުރީ އިންޓަނޭޝަނަލް ފެޑެރޭޝަނާއި ގުޅިގެން މައްސަލަ ހައްލުކޮށް އެސޯސިއޭޝަން އަލުން އިއާދަކުރުމަށް." ރާފިޢު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ މިހާރު އޮތް ހާލަތުގައި އަމިއްލައަށް ކަންކަން ބައްޓަންކޮށްގެން އެސޯސިއޭޝަންގެ މަސައްކަތް ވަރަށް އަވަހަށް އިއާދަކުރެވިގެންދާނެ ކަމަށެވެ.

ރާފިޢު ވިދާޅުވީ މި މުބާރާތަކީ ވަރަށް ފޯރިއާއި ޖޯޝާއެކު ބެޑްމިންޓަން އަލުން އިއާދަވުމަށް އިސްނެގުމުގެ މުހިންމުކަން ކަމަށެވެ.

ރިވައިވަލް ބެޑްމިންޓަން މުބާރާތުގައި 300 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރިއިރު 11 އެކަޑަމީއަކުން ވަނީ މުބާރާތުގައި ވާދަކޮށްފައެވެ.