ޚަބަރު

ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ


  • އެކްސިޑެންޓު ހިންގީ 8:19 އެހައިކަށްހާއިރު

  • އެކްސިޑެންޓުގައި މަރުވެފައިވަނީ ބަންގްލަދޭޝް ފިރިހެނެއް

ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

މިއެކްސިޑެންޓު ހިންގާފައިވަނީ، މިއަދު ހެނދުނު 8:19 އެހައިކަށްހާއިރުއެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ހުޅުމާލެއިން މާލެ އަންނަ ލޭންގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތްކުރާ ކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި، ސައިކަލެއް ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް 9:05 ހާއިރު މަރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި އެކްސިޑެންޓުގައި މަރުވެފައިވަނީ ބަންގްލަދޭޝް ފިރިހެނެކެވެ.

ފުލުހުން ވަނީ މިމައްސަލަ ތަހުޤީޤުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.