ބްރޯޑްކާސްޓިން ކޮމިޝަން، ބްރޯޑްކޮމްގެ ރައީސްކަމަށް ޞަފާ ޝަފީގް އައްޔަންކޮށްފިއެވެ.
ބްރޯޑްކޮމްގެ ހުސްވެފައިވާ ރައީސްގެ މަގާމަށް ސަފާ އިންތިހާބު ކޮށްފައިވަނީ މިއަދު އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ. ޞަފާ އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކޮށްފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ.
ޞަފާ ޝަފީޤުވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން، މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައެވެ. ޞަފާ ވަނީ، 2006 ވަނަ އަހަރުން ފެށިގެން، ޓީވީއެމްގެ ޕްރޮގްރާމްތައް ހުށައަޅުއްވަން ފަށްޓަވައިފައެވެ.
ބްރޯޑްކޮމްގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު ހަމަވުމުންނެވެ. ބްރޯޑްކޮމްގައި މި ވަގުތު ތިއްބަވަނީ އަލަށް އައްޔަން ކުރެއްވި އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތާއި މުޙައްމަދު އަބްދުﷲ އާއި ރައީސް ޞަފާ ޝަފީގްއާއި ނައިބު ރައީސް މުހައްމަދު ފަޒީންގެ އިތުރުން މެންބަރު އާމިނަތު އަމީނާގެ އިތުރުން ޝިފްލާ އިބްރާހީމެވެ.