ސައުދީ ޕްރޯ ލީގުގައި އަލް ފާތިހްއާ ދެކޮޅަށް ކުޅުނު މެޗު 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އަލް ހިލާލްއިން ކާމިޔާބުކޮށްފިއެވެ.
ތަފާތު ބޮޑު ނަތީޖާއަކުން އަލް ހިލާލް މި މެޗުން މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގެ އެއްވަނަ މަގާމު ލިބިފައެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ 15 މެޗުން 40 ޕޮއިންޓް އަލް ހިލާލްއަށް ލިބިފައިވާއިރު، ދެވަނައިގައި އޮތް އަލް އިއްތިހާދަށްވެސް ވަނީ 40 ޕޮއިންޓް ލިބިފައެވެ. ނަމަވެސް އަލް ހިލާލްއަށް އެއްވަނަ މަގާމް ލިބިފައިވަނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.
މި މެޗުގައި އަލް ހިލާލްއިން 9 ލަނޑު ޖަހާފައިވާއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ 4 ލަނޑު ކާމިޔާބުކޮށްފައެވެ.
ސައުދީ ޕްރޯ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަލް ހިލާލްގެ ފޯވާޑް މާކޮސް ލިއޮނާޑޯ ވަނީ މި މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. އަދި އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ޚާލިދު ކުލިބާލީ އާއި، ރެނަން ލޮޑީ އާއި.، ސާގީ މިލިންކޮވިޗް އާއި، އަބްދުالله އަލް ހަމްދާންގެ އިތުރުން މެލްކޮމްއެވެ.